މަސައްކަތު މާޙައުލުން އެކަހެރިވެ މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށް މިއަހަރު ކުރި ޕިކުނިކު ދަތުރު ކުރެވިފައިވަނީކުރެވިފައިވަނީ ފ. ހިމިއްޗަށެވެ. ކައުންސިލް މެމްބަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ މެމްބަރުންނާއި އަދި ކައުންސިލް މުވައްޒަފުން ހިމެނޭހެން ޖުމުލަ 39 މީހުން މިފަހަރުގެ ޕިކުނިކް ދަތުރުގައި ބައިވެރިވެފައިވެއެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުވައްޒަފުންގެ ޕިކުނިކު ދަތުރުގައި އިދާރީ މުވައްޒަފުންނަށް ޚާއްޞަކޮށް ޝެޝަނެއްވެސް ވަނީ ބާއްވާފައެވެ.

ކައުންސިލްގެ 4 ވަނަ ދައުރުގެ މެމްބަރުން ކައުންސިލާއި ޙަވާލުވެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށް ކޮންމެ އަހަރުވެސް އިދާރީ މުވައްޒަފުންގެ ތަޖުރިބާ ހޯދުމަށް ތަޖުރިބާ ދަތުރަކު ދިޔުމާއި، ހުރިހާ މުވައްޒަފުން ހިމެނޭހެން ޕިކުނިކް ދަތުރަކު ދިޔުމާއި އަދި މުވައްޒަފުންގެ ޢާއިލާތަކާއެކު ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް މުވައްޒަފުންގެ ޑިނަރ ނައިޓެއް ކޮންމެ އަހަރަކުވެސް ބާއްވައެވެ. އެގޮތުން މިއަހަރު ކުރި ތަޖުރިބާ ދަތުރު މޭ 15 ން 18 ގެ ނިޔަލަށް ކުރެވުނީ ބޮޑުތިލަދުންމައްޗަށެވެ. އަދި މިއަހަރުގެވެސް ޑިސެންބަރުމަހު މުވައްޒަފުންގެ ޑިނަރ ނައިޓް އެހެން އަހަރުތަކަށްވުރެވެސް ފުރިހަމަކޮށް ގެންދިޔުމަށް މިހާރު ވަނީ މަޝްވަރާތަށް ކުރަން ފަށާފައެވެ.
