ފ. ނިލަންދޫގައި އަޅާ މަސްފެކްޓްރީއާބެހޭ މަޝްވަރާތައް މަސްވެރިކަމާ ކަނޑުތަކުގެ ވަޞީލަތްތަކާބެހޭ ވަޒީރާ އަޙްމަދު ޝިޔާމާއެކު ކޮށްފިއެވެ. މިމަޝްވަރާތައް ކޮށްފައިވަނީ 2024 ޖުލައި 29 ވަނަ ދުވަހު އެމިނިސްޓްރީގައެވެ. މިއަދުގެ ބައްދަލުވުމުގައި ނިލަންދޫގައި އަޅާ މަސްފެކްޓްރީގެ އެންމެފަހުގެ މަޢުލޫމާތު އޮޅުން ފިލުވުމުގެ އިތުރުން ނިލަންދޫގައި ޤާއިމުކޮށްފައިވާ އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނެސް ދާއިމީކޮށް ފަސޭހަކަމާއެކު މަސްވެރީންނަށް އައިސްލިބޭނޭ އިންތިޒާމްތައް ހަމަޖައްސަވައި ދެއްވުމާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި މިނިސްޓަރ އަޙްމަދު ޝިޔާމާއި ޑެޕިއުޓީ މިނިސްޓަރ ޝަފީޤާ ނަޢީމާއި އެމިނިސްޓްރީގެ ބައެއް އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނައިބުރައީސް އިބްރާހީމް މުޙައްމަދާއި ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ސަމީރާ އިބްރާހީމެވެ.
