ފ. ނިލަންދޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ފެނަކައިގެ އިސްވެރިންނާއި، 2024 އޮކްޓޯބަރ 20 ވަނަ ދުވަހު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ ފެނަކައިގެ މެއިން ބްރާންޗް ގައެވެ.
މިބައްދަލުވުމުގައި ނިލަންދޫގެ ކަރަންޓްގެ މިހާރުގެ ޙާލަތާއި، މިކަމުގެ ސަބަބުން ދިމާވަމުންދާ ދަތި ތަކަށް އަލިއަޅުވާލާ، މިމައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގަނެފައިވެއެވެ. އަދި ނިލަންދޫގެ ކަރަންޓްގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަށަށްގޮސް އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން އެތަކެއް ތަކުލީފްތަކެއް އުފުލަންޖެހިފައިވާތީ، މިކަމަށް އިތުރަށް ވިސްނުމަށް ނިލަންދޫ ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ކައުންސިލްގެ ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް ކަރަންޓްގެ މައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ.އެގޮތުން ތިރީގައި މިދަންނަވާކަންތަށް އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ޙައްލުކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
1.އަންނައަހަރުގެ ރަމަޟާން މަހުގެ ކުރިން 1 މެގަވޯލްޓުގެ ޖެން ސެޓެއް ފޮނުވާދެއްވުން.
- ޓްރާންސްފޯރމާތަކުގެ މަސައްކަތް ބަޔަކާއި އަންނަ ނޮވެންބަރ މަސްތެރޭގައި ހަވާލުކުރުން.
- ކޭބަލް ޓްރާންސްފޯމާއެކު ހޮސްޕިޓަލްގެ ކަރަންޓަށް ބޭނުންވާ ކަންކަމަށް ޙައްލެއްހޯދުން.
- ޑީސަލް ކެޕޭސިޓީ ކެޕޭސިޓީ އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 40،000 ލިޓަރގެ ޓޭންކެއް ބަނުމަށް ބަޖެޓްކުރުން.
- ޖެން ސެޓްތަކަށް ބޭނުންވާ ފިލްޓަރ އަންނަ ހަފްތާ ތެރޭގައި ރަށަށް ފޮނުވާދިނުން.
- ފެނަކައިގެ މުވައްޒަފުންގެ ކަންކަން އެޗް އާރުގެ ސަމާލުކަމަށް ގެނައުން.
މިބައްދަލުވުމުގައި ފެނަކައިގެ ބައެއް އިސްވެރީން ވަނީ ބައިވެރިވެލައްވާފައެވެ. މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ނަޝީދާ ޢަބްދުއްރަޙީމެވެ. މީގެއިތުރުން އާސަންދަ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ނާޡިމް، ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ މުޙައްމަދު، ހެލްތު މިނިސްޓްރީގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް ޒާހިރު އަދި މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހިމް ވެސް ވަނީ މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެފައެވެ.
