މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ފ. ނިލަންދޫގެ 07 މޭލު ބޭރުގައި އަޅާފައިވާ ސްޕޯޓްސް ފިޝިންގ ކަނދުފަތީގެ ދާގަނޑު ކަނޑައިގެން ގޮސްފައިވާތީ ކަނދުފަތީގެ ބޮއިފައްޗާއި ދާގަނޑު އަލުން ހަރުކުރުމުގެ މަސައްކަތް ފ. ނިލަންދޫ ކައުންސިލް އިދާރާއިން ކޮށްފިއެވެ. ފ. ނިލަންދޫ މިޔަވާލި ދޯނީގެ އެހީތެރިކަމާއެކު 2024 ޑިސެންބަރު 24 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފެއްޓި މިމަސައްކަތުގައި އިސްވެ ޙަރަކާތެރިވީ ފ. ނިލަންދޫ ކައުންސިލްގެ ނައިބުރައީސާއި ކައުންސިލް މެމްބަރު އަޙްމަދު ސިޔާމެވެ.
