2025 ޖަނަވަރީ 03 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ވެހުނު ބޯ ވާރޭގައި ރަށުތެރެ ފެންބޮޑުވެ، 83 ގޯއްޗަކަށް ފެންވަދެ، އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާގައި 63 ގެއަކަށް ފެންވަދެ، 31 ގެއެއްގެ މުދަލަށް ގެއްލުން ވެފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. މީގެ ތެރެއިން 23 ގެއަކުން ވަނީ ވިއްސާރާއިގެ ގެއްލުން ބަޔާންކޮށް ނޭޝަނަލް ޑީޒާޒްސްޓަރ މެނޭޖްމަންޓަށް ފޯމު ހުށަހަޅާފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ ނިޒާމަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. މިގޮތުން 12 ގެއެއްގައި ނަރުދަމާ ފުރި މަތިން އަރާފައިވާއިރު،
ކައުންސިލުން ވަނީ މި ހާދިސާއާ ގުޅިގެން ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިކުމެ މަސައްކަތްކޮށްފައެވެ. އަދި ގެއްލުން ލިބުނު ގެތަކަށް ވެލި ގޯނުޖެހުމާއި ފެންހިއްކުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ކައުންސިލްގެ މުވައްޒަފުން މިރަށުގެ ފަޔާރ ސްޓޭޝަންއާއި ގުޅިގެން ހަރާކާތްތެރިވެފައިވެއެވެ.
މި ހާދިސާއަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ރަށަށް ދިމާވި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.