ފ. ނިލަންދޫގެ ފުޓްސަލް ދަނޑު މަރާމާތު މަސައްކަތްތަކާއި ގުޅޭ މަޝްވަރާތަކަށް ޔޫތު މިނިސްޓްރީގެ އިސްވެރިންނާއި، 2025 ޖަނަވަރީ 30 ވަނަ ދުވަހު ފ.ނިލަންދޫ ކައުންސިލްގެ ރައީސް ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ފުޓުސަލް ދަނޑުގައ ކުރަން ހުރި މަސައްކަތް ތަކާއި، މިހާރު މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި، މަސައްކަތް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީ ތެރިކަމާއި ގުޅޭ މަޝްވަރާތަށް ކުރެވިފައިވެއެވެ.އަދި ފުޓްސަލް ދަނޑު މަރާމާތުކޮށް ނިންމުމަށް ފަހު ރަމަޟާން މަހުގެ ކުރިން ހުޅުވަން ބޭނުންވާތީ، މިކަމަށް އެއްބާރުލުންދިނުމަށް ނިލަންދޫ ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ކައުންސިލްގެ އެދުމާއި އެއްގޮތަށް މިމަސައްކަތް ކުރިއަށް ގެންދިޔުމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ފެހި ސިގްނަލް މިނިސްޓްރީގެ ފަރާތުން ވަނީ ލިބިފައެވެ.
ފުޓްސަލް ދަނޑުގެ މާރާމާތު މަސައްކަތަކީ މިހާރުވެސް ބަޔަކާ ހަވާލުކޮށްގެން ކުރިއަށްދާ މުޙިންމުކަމެއް ކަމުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.