ފ.ނިލަންދޫ ނަރުދަމާ އަށް ދިމާވެފައި މައްސަލަތަށް ޙައްލުކުރުމަށްޓަކައި ފ. ނިލަންދޫ ކައުންސިލުން ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ އާއި ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ 2025 ޖަނަވަރީ 30 ވަނަ ދުވަހު ފެނަކަ މެއިންބްރާންޗް ގައެވެ.
ނިލަންދޫ ނަރުދަމާއަށް ދިމާވެފައިވާ ދުވަސްވީ މައްސަލައަސް އަށް ޙައްލެއްހޯދުމަށް ނިލަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މީގެ ކުރިންވެސް އެތަށް ފަހަރަކު ފެނަކަ އާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވެއެވެ. މިބައްދަލުވުމުގައި ނިލަންދޫ ނަރުދަމާގެ މިހާރުގެ ޙާލަތަށް އަލިއަޅުވާލައި، މިކަމުގެ ސަބަބުން ޢާންމު ރައްޔިތުން އުފުލަމުންދާ ތަކުލީފަށް އަވަސް ޙައްލެއް ހޯދައި ދިނުމަށް އެދިފައިވެއެވެ. ކައުންސިލްގެ ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް ނަރުދަމާއަށް ދިމާވެފައިވާ މައްސަލައަށް އަވަސް ޙައްލެއް ހޯދައިދޭނެ ކަމުގެ ޔަޤީންކަން ފެނަކައިން ވަނީ ދެއްވާފައެވެ. އަދި 2025 ޖަނަވަރީ 31 ވަނަ ދުވަހު ނަރުދަމާއަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމަށް ބޭނުން ވާ ޕަންޕް ތަށް ވަނީ ނިލަންދުއަށް ފޮނުވާދެއްވާފައެވެ.
މި ޕަންޕްތަށް އިންސްޓޯލް ކުރުމުގެ ސަބަބުން ނަރުދަމާއަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެކަމާއި، ދާއިމީ ޙައްލެއް ލިބެންދެން ކައުންސިލުން މިކުރާ މަސައްކަތް ހުށޓާނުލާނެކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ.