ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާ ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ 2025 އެޕްރީލް 16 ވަނަ ދުވަހު އެމިނިސްޓްރީގައެވެ. މިއަދުގެ ބައްދަލުވުމުގައި ފ.ނިލަންދޫ ކައުންސިލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް އަވަސް މުއްދަތެއްގައި ފަށާނެ ކަމާއި އިމަރާތުގެ މަސައްކަތް އެމަކުފާނު ވ ގާތުން ބަލަމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. މީގެއިތުރުން ނިލަންދޫގެ ފެނާއި ނަރުދަމާ އަދި ކަރަންޓަށް ދިމާވެފައިވާ މަސއްލަތަށް ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކޮށް އަވަސް ހައްލެއްލިބޭތޯ މަސައްކަތް ކުރާނެކަމާއި، ނިލަންދޫގެ މަގުތަށް މަރާމާތުކޮށް ޒަމާނީ ފެނަވަރަށް ހެދުމާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރުގެ އިތުރުން އެމިނިސްޓްރީގެ ބައެއް އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ކައުންސިލް އެގްޒެކްޓިވް މުނީރާ އިބްރާހީމެވެ.