ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ރިޔާސީ ވައުދެއްކަމުގައިވާ ފަސް މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމުގެ ދަށުން، މިރަށުގެ ހިއްކި ސަރަހައްދުގައި ގަސް އިންދުމަށް ބޭނުންވާ ގަސް މުޑުވައް ކުރުމުގެ މަސައްކަތް، 2025 އޮކްޓޫބަރ 07 ވީ އަންގާރަ ދުވަހު ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ވަނީ ކޮށްފައެވެ.
އެގޮތުން، 132 ގަސް ވަނީ މުޑުވަށްކޮށްފައެވެ. މުޑުވައް ކުރި ގަސްތަކުގެ ތެރޭގައި މޫނިމާ ގަސް، މަދޮށިގަސް ފަދަ ބާވަތްތައް ހިމެނެއެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި ރަށުގެ އެކި ސަރަހައްދުތަކުގައި އެކި ބާވަތުގެ ގަސް އިންދުމަށް ވަނީ ނިންމާފައެވެ.
