2025 އޮކްޓޫބަރު 09 ވަނަ ދުވަހުގެ އިޝާ ނަމާދަށްފަހުގައި ފ.ނިލަންދޫ ތަހާލުފި މިސްކިތުގައި ދީނީ ދަރުސް ޕްރޮގްރަމެއްވަނީ ކުރިޔަށް ގެންދެވިފައެވެ. މި ދަރުސް ދެއްވާފައިވަނީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމެވެ. އަދި ދަރުސް ދެއްވާފައިވަނީ ”މަރުގެ ހަޤީގަތް“ މި މައުޟޫއަށެވެ.
މިފަދަ ޕްރޮގަރާމްތަށް ކުރިޔަށް ގެންދިޔުމަކީ ނިލަންދޫ ކައުންސިލުން ވަރަށް އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެކެވެ. އެގޮތުން މިފަދަ ޕްރޮގްރާމްތަށް ހިންގުމުގެ މައިގަނޑު މަޤަސަދަކީ އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދިނާއި މެދު ރައްޔިތުންގެ ހިތްތަކުގައި ލޯބި އުފެއްދުމާއި އަދި ހަމަ އެހެންމެ ދީނީ ސައްޙަ މައުލޫމަތު ފޯރުކޮއްދިނުމެވެ. ކުރިޔަށް އޮތްތާގައިވެސް މިފަދަ ޕްރޮގްރާމްތަށް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
