ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ދަނީ
ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމާއި އެމަސައްކަތް ކުރާނެ ގޮތާއި އަދި އެހެނިހެން ކުނި މެނޭޖުކުރުމާއި ގުޅޭ މައްސަލަތަކާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި ވަރލްޑް ބޭންކްގެ ހިލޭ އެހީގައި މިނިސްޓްރީން
ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް ގެ ދަށުން ލ.ގަމުގައި 2025 ގެ ނޮވެމްބަރު 24 އިން 26 އަށް ބޭއްވުނު ”މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025“ ގައި މިކައުންސިލްގެ ކައުންސިލް އޮފިސަރ ސީމާ އިބްރާހިމް ބައިވެރި ވެއްޖެއެވެ.
މި މަހާސިންތާގައި ކުނިމެނޭޖްކުރުމުގެ ޤާނޫނީ އޮނިގަނޑަށް ބައިވެރިން އަހުލުވެރިކުރުމާއި، ކުންޏާއި ވަޞީލަތްތަށް މެނޭޖްކުރުމުގެ މާސްޓަރ ޕަލޭން ބައިވެރިންނާއި ޙިއްސާކުރުމާއި، ކުންޏާއި ވަޞީލަތްތަށް މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަށް ދެނެގަނެ ގެނެވިދާނެ ޙައްލުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.
ކުނިމެނޭޖު ކުރުމުގެ މަސައްކަތަކީ މިކައުންސިލުން ވަރަށް އިސްކަމެއްދީގެން، މީގައި ގިން މުވައްޒަފުންތަކެއް ޝާމިލް ކުރުވައިގެން ކުރުވާ މުޙިއްމު ބުރަ މަސައްކަތެކެވެ.
