މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކުރިއަށްދިޔަ މި އޯޑިޝަނުގައި ޖުމްލަ 16 ފަރާތަކުން ބައިވެރިވިއެވެ. އޯޑިޝަނުގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވީ މިއަހަރުގެ ނިލަންދޫ ތަރި ޤުރުއާން މުބާރާތުގައި ވެސް ފަނޑިޔާރުކަން ކުރަން ހަމަ ޖެހިފައިވާ
- އަލްޤާރީ މުޙައްމަދު އިސްމާއީލް / ގްރީންހެވަން
- އަލްޤާރީ ޢަބްދުލްޤާދިރު މޫސާ / ބަހާރުގެ
- އަލްއުސްތާޛު އިސްމާޢީލް ޢުމަރު / ހަނދުވަރީވިލާ އަދި
- އަލްޤާރީ ޢަބްދުއްލަޠީފް މުޙައްމަދު / މުޝްތަރީގެއެވެ.
މި މުބާރާތުގައި ވާދަކުރާނެ 15 ބައިވެރިން އިޢުލާން ކުމުގެ ހަފްލާ އޮންނާނީ 05 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ ގޮމަވަތ ހޯލު ގައެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް 21 ފަރާތަކުން ފޯމް ހުށައެޅުނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ މި އަހަރުގެ އޯޑިޝަނުގައި ބައިވެރިވީ 16 ފަރާތަކުންނެވެ. ނިލަންދޫ ތަރި ޤުރުއާން މުބާރާތަކީ ނިލަންދޫ ކައުންސިލުން ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
