ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގައި ކުޅޭ ފ. ނިލަންދޫ ފުޓުބޯޅަ ޓީމާއި ބައްދަލުކޮށްފިއެވެ. 2026ވަނަ އަހަރު އޭޕްރިލް 14 ވީ އަންގާރަ ދުވަހު މެންދުރުފަހު ކައުންސިލްގެ ޖަލްސާ ކުރާ މާލުމުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ވަނީ ޓީމްއަށް ހިތްވަރުދީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދައި ރަށަށް ރީތި ނަން ހޯދައިދިނުމަށް އެދިފައެވެ. އަދި ހުރިހާ ކުޅުންތެރިންވެސް ރަށުން ބޭރުގައި ރަށް ތަމްސީލުކުރާއިރު ކުޅިވަރުގެ ރޫހާއި އެއްގޮތައް އެހެން ޓީމްތަކަށް ނަމޫނާ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެދިފައެވެ.
މިބައްދަލުވުން ކުރިއަށް ދިޔައީ ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދެއްވި މެންދުރުގެ ފަރިއްކޮޅަކާއި އެކީގައެވެ.

