15 ޖޫން 2026
ފ. ނިލަންދޫ ’މަސްޖިދުއްސަލާމް‘ މިސްކިތުގެ ތަޅުންގަނޑު އެއްވަރުކޮށް، އަލުން ތަޅުން އެޅުމުގެ މަރާމާތު މަސައްކަތްތައް ކުރިއަށް ގެންގޮއްސިއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ މިސްކިތުގެ ތަޅުންގަނޑު އެއްވަރުނުވުމުގެ ސަބަބުން، ނަމާދަށް އަންނަ އުމުރުން ދުވަސްވީފަރާތްތަކާއި އަދި ޚާއްޞަކޮށް ގޮނޑީގައި އިށީނދެގެން ނަމާދުކުރާ ފަރާތްތަކަށް ދިމާވަމުންދިޔަ ދަތިތަކަށް ޙައްލެއް ހޯދައިދިނުމެވެ.
މިސްކިތުގެ މަރާމާތް ކުރުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ކޮންޓްރެކްޓް އުޞޫލުން އައި.ބީ ބިލްޑާރސް ގެ ފަރާތުންނެވެ. މި މަސައްކަތަކީ އިސްލާމިކް މިނިސްޓްރީގެ ކޮންޑިޝަނަލް ގްރާންޓެއްގެ ދަށުގން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
މި މަރާމާތާއެކު ދުވަސްވީ ބޭފުޅުންނަށް މިސްކިތަށް އަރައި ފޭބުމުގައްޔާއި ނަމާދުކުރުމުގައި ދިމާވި އުނދަގޫތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
