ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން، މިހާރު ތަރައްގީކުރަމުންދާ ކުޑަކުދިންގެ ޕާކު ސަރަހައްދު ފެހިކުރުމުގެ ގޮތުން ޚާއްސަ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 29 ގަސް މިއަދު ވަނީ އިންދާފައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ނިލަންދޫ ކައުންސިލުގެ މުވައްޒަފުންނެވެ.
މި ޕްރޮގްރާމުގައި އިންދި ގަސްތަކުގެ ތަފުސީލު:
– ދަނބު -24 ގަސް
– މަދޮށި – 3 ގަސް
– ހިތި – 2 ގަސް
ރަށުގެ ޕާކުތަކާއި އާންމު ސަރަހައްދުތައް ފެހިކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަކީ ކައުންސިލުގެ މުހިންމު އަމާޒެކެވެ. މިފަދަ ޕްރޮގްރާމްތައް މުސްތަގުބަލުގައި ވެސް ރަށުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވެއެވެ.
