ދިވެހިރާއްޖޭގެ ”މޯލްޑިވްސް 2.0“ ޑިޖިޓަލް ޓްރާންސްފޯމޭޝަން ވިޝަންގެ ދަށުން، އިންޑިއާ ހައި ކޮމިޝަނުން ރާއްޖޭގެ 6 ދާއިރާއަކަށް ހަދިޔާކުރި ލެޕްޓޮޕްތަކުގެ ތެރެއިން، ފ. ނިލަންދޫ ދާއިރާއަށް ލިބުނު ލެޕްޓޮޕްތައް ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ކައުންސިލަށާއި ފ. އަތޮޅު ހޮސްޕިޓަލަށް ހަވާލުކުރައްވައިފިއެވެ.
މި އެހީއަކީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދާއިރާގެ އިދާރީ ހިންގުމާއި ސިއްހީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެކެވެ.
މިއީ އިންޑިއާގެ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތުގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެމުން އަންނަ އެހީތެރިކަމުގެ ތެރެއިން ދެވުނު މުހިންމު ހަދިޔާއެކެވެ.
މި ފުރުސަތުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ނިލަންދޫ ދާއިރާގެ ކުރިއެރުމަށް މިފަދަ އަގުހުރި އެހީތެރިކަން ފޯރުކޮށްދެއްވިކަމަށްޓަކައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަށް ނިލަންދޫ ކައުންސިލްގެ ފަރާތުން ހާއްސަ ޝުކުރު ދަންނަވަމެވެ . އަދި މިކަމުގައި އިސް ދައުރެއް އަދާކުރެއްވިކަމަށްޓަކައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއަށްވެސް ހާއްސަ ޝުކުރު ދަންނަވަމެވެ.
