ނިލަންދޫގައި މިހާރު ބޭނުންކުރަމުންދާ އިރުމަތީ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ނިމިދިޔަ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ވެރިކަން ބަދަލުވުމާއެކު ބަނދަރުގެ މަސައްކަތް ކުޑަދުވަސްކޮޅަކު މަޑުޖެހިފައި އޮތުމަށްފަހު އަނެއްކާވެސް ބާރު ސްޕީޑުގައި ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ. މިގޮތުން ބަނދަރަށް އަލަށް އިތުރުކުރެވޭ ބައިގެ ޓީ-ޖެޓީއާއި އެއްގަމު ތޮށީގެ ޝީޓް ޕައިލްކުރުން ނިންމާލެވިފައިވާއިރު މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އަލަށް ހަދާ ރޭމްޕްގެ މަސައްކަތްތަކެވެ.
ބަދަރަށް އިތުރުކުރެވޭ ބައިގައި ހެދުމަށް ނިންމާފައިވާ ރޭމްޕު، މިހާރުވަނީ ބޭނުންކުރާ ބަނދަރުގެ، މަސްމާރުކޭޓާދިމާގައި ހެދުމަށް ނިންމާފައެވެ. އެގޮތުން މިހާރު ބޭނުންކުރަމުންދާ ބަނދަރުގެ ބޭރު ތޮށި 50 ފޫޓަށް ބޭރަށް ޖެއްސުމަށްފަހު މަސްމާރުކޭޓާ ވީ ފަރާތުގައި އަޅާ މި ރޭމްޕްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ،
މި މަސައްކަތް ނިމުމުން ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ހައްލުވެގެންދާނެއެވެ.

