މިއީ ޤާނޫނު ނަންބަރު: 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 03ވަނަ މާއްދާ؛ (އިދާރީ ދާއިރާތައް އުފެއްދުން)ގެ ހ. ގެ ދަށުން ރައީސުލްޖުމްހިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުން އުފައްދާފައިވާ ރަށު ކައުންސިލެކެވެ. މިކައުންސިލް އުފައްދާފައިވަނީ 2011 ފެބްރުވަރީ 26 ގައެވެ. އިންތިޚާބީ ކައުންސިލަރުން މަޤާމުގެ މަސްޢޫލިއްޔަތާ ޙަވާލުވުމުގެ ކުރިން ކައުންސިލް ހިންގަމުން ގެންދެވީ އޭރުގެ ސަރުކާރުން އައްޔަން ކޮށްފައިވާ ކައުންސިލަރ ފ. ނިލަންދޫ ސާދީވިލާ އަޙްމަދު ސިޔާމެވެ.