އާންމުކޮށް ކޮންމެ އަންގާރަ ދުވަހަކީ ބޭރުތެރޭގެ ކޮންމެވެސް މަސައްކަތެއް ކުރުމަށް ތާވާލް ކުރެވޭ ދުވަހެކެވެ. މިގޮތުން މިއަދު ސާފުކުރުމަށް ނިންމާފައިވަނީ ބޯޅަދަނޑު ސަރަހައްދެވެ. ދަނޑުގެ ވަށިގެން ހެދިފައިވާ ވިނަގަނޑުގެ ތެރޭގައި ބޯކޮށް ހެދިފައިވާ ވިނަތައް ސާފުކުރުމާއި ފުޓްސަލް ދަނޑުގެ ބިއްދޮށުން ހެދިފައި އޮތް ވިނަގަނޑު ސާފުކުރުމުގެ މަސައްކަތް މިއަދު ކޮށްފައިވަނީ ކައުންސިލްއިދާރާގެ އިދާރީ މުވައްޒަފުންގެ އިތުރުން މިސްކިތު މުވައްޒަފުންނާއި ކުނީގެ މަސައްކަތުގައި އުޅުއްވާ މުވައްޒަފުންނާއި އިޖްތިމާއީ މަރުކަޒުގެ މުވައްޒަފުންނެވެ. މި މަސައްކަތުގައި ކައުންސިލް މެމްބަރުންވެސް ބައިވެރިވެލެއްވިއެވެ.





















