މިއިދާރާއިން ބާވެގެން ނަގާފައިވާ ތަކެތީގެ ނީލަންކިޔުން 2024 ޖުލައި 13 ވީ ހޮނިހިރު ދުވަހުގެ ހަވީރު 04:30 ގައި ފ. ނިލަންދޫ ވެޔޮދޮށު މައިޒާނާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ނިލަންދޫ ގޮފީގެ ގޯތި ތެރޭގައި ބާއްވައިފިއެވެ. އާއްމުންގެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ މިނީލަމަކީ މާލިއްޔަތު ޤަވާޢިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްގެން ކުރިއަށް ގެންގޮސްފައިވާ ނީލަމެއްކަން ފާހަގަކުރެވެއެވެ. 112 ބައި ހިމެނޭގޮތަށް އަޅާފައިވާ ބައިތަކުގެ ތެރެއިން 74 ބައެއް ވަނީ ނީލަމުގައި ވިކިފައެވެ. ނީލަމުގައި ހުރި މައިގަނޑު ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެއްޗާއި ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެތީގެ އިތުރުން މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓް ފަދަ ތަކެތި ހިމެނެއެވެ. ނީލަންކިޔުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންނެވެ. މިމަސައްކަތުގައި ކައުންސިލްގެ ވެރީންނާއި ވޭސްޓް މެނޭޖްމަންޓް ޔުނިޓްގެ މުވައްޒަފުންގެ ފުރިހަމަ އެހީތެރިކަން ލިބިފައިވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މިދުވަހުގެ ނީލަމުން -/14555 ރުފިޔާ ވަނީ ލިބިފައެވެ. މިއަދުގައި ބޭއްވި ނީލަމުގައި ވިކިފައިނުވާތަކެތި 02 ވަނަ ބުރަށް ނީލަން ކިޔުން 2024 ޖުލައި 23 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ އިޢުލާނުކޮށްފައެވެ.
