މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް އެކަމަށް ހޭލުންތެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް 2024 ޖުލައި 18 ގައި ނިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ. ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނާއި ފ. އަތޮޅު ހޮސްޕިޓަލާއި ފ. އަތޮޅު ކައުންސިލް އިދާރާއާ އަދި މިއިދާރާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެލްތް އެންޑް ވެލްބީން ޑިޕާޓްމަންޓުގެ 03 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކުރިއަށް ގެންދިޔަ މިޕޮރޮގްރާމްގައި މަޢުލޫމާތު ދެއްވީ ސައިކޮލޮޖީ ދާއިރާއިން މާސްޓަރސް ޙާޞިލް ކޮށްގެންހުންނެވި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީނިއަރ ސަރޖަންޓް ސާނިގާ ރަޝީދެވެ.


މިރޭގެ ބައްދަލުވުމުގައި ނިލަންދޫކައުންސިލާއި ނިލަންދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ވަނީ ބައިވެރިވެލައްފާއެވެ. މިރޭގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އޮފީސް މާހައުލުގައި ދިމާވާ ކަންބޮޑުވުންތަކާއި ހާސްވާ ހާސްވުންތަކާއި އެކަންކަމުން އަރައިގަތުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.
