2024 ޖުލައި 16 ވީ އަންގާރަ ދުވަހު، އަލަށް ހަދައިފައިވާ ކުނިކޮށި ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންގޮސް، ވަނީ ނިންމާލައިފައެވެ. މި މަސައްކަތްކުރުމުގައި އެމް.ޓީ.ސީ.ސީގެ ވަރަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވެއެވެ.

ކުނިކޮށީގައި ބޭނުންކުރާ މެޝިނަރީތައް ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. މިއީ ސަރުކާރުން ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އަލަށް ހަދައިފައިވާ ކުނިކޮށި އަވަސް މުސްތަޤުބަލެއްގައި ބޭނުންކުރެވިގެންދާނެ ކަމަށް ލަފާކުރެވެއެވެ. ކައުންސިލުން މި މަސައްކަތް ނިންމާލުމަކީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކުނިކޮށި ސާފުކޮށް، މީގެ އިތުރުން ކުރަންހުރި ބައެއް ކުދި ކުދި މަސަކަތް ނިމުމާއިއެކު، ރައްޔިތުންނަށް އެ ތަން ބޭނުންކުރެވޭނެ ގޮތް ހަމަޖެހި، ރަށުގެ ކުނި ނައްތާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. މި މަސައްކަތުގެ ސަބަބުން ރަށުގެ ވެށި ސާފުތާހިރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
