މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާ ފ. އަތޮޅުގެ ދަނޑުވެރި ރަށްރަކަށް ކުރައްވާ ޒިޔާރާތުގެ ތެރެއިން އިއްޔަގެ ވަގުތެއްގައި ފ. ނިލަންދޫއަށް ވަޑައިގެންފިއެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި މިއަދުގެ ވަގުތެއްގައި ފ. ނިލަންދޫ ކައުންސިލާއި ބައްދަލުކުރުމާއި، ފ. ނިލަންދޫގައި ދަނޑުވެރިކަންކުރާ ދަނޑުބިންތައްކަށް ޒިޔާރަތްކުރުމާއި އަދި ސަރުކާރުން ފަށާގައިވާ 5 މިލިއަން ގަސްއިންދުމުގެ ޕްރޮގުރާމުގެ ދަށުން ރަށުގެ ހުޅަނގުފަރާތު ހިސްކި ބިމުގައި ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

