ނިލަންދޫ ސިއްތި ފަންނުގެ ހުޅަނގު އުތުރުން ’100 × ’100 (10000 އަކަފޫޓު)ގެ ބިން 15 އަހަރު ދުވަހުގެ މުއްދަތަށް ލޮނު ފެކްޓްރީއެއް ހެދުމަށް ދޫކުރުމަށް މިކައުންސިލުން ނިންމައިފީމެވެ.
މިކަމާއިގުޅޭ ތަފްޞީލް، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުންނާއި، ފޭސްބުކް ޕޭޖުންނާއި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 އޮގަސްޓް 22 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.
ވީމާ، މިބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 އޮގަސްޓް 28 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރައިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި ދިވެހިސަރުކާރުގެ ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.
ނޯޓް: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.