ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފެނަކަ ފ. ނިލަންދޫ ބްރާންޗްގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ 2024 އޮގަސްޓު 19 ވީ ހޯމަ ދުވަހު މެންދުރު 11:50 ގައި ފެނަކައިގައެވެ. މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ފެނަކަ ފ ނިލަންދޫ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ ރަނިއްޔާ ނަޞީރު ވިދާޅުވީ ނިލަންދޫ ކައުންސިލުން ކުރިޔަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކުގައާއި އިޖްތިމާއީ ހަރަކާތްތަކުގައި މި ބްރާންޗުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލީބޭނެކަމަށާއި 02 ޓީމް ގެ ކުޅުންތެރިން ދައްކަމުންދާ ހިތްވަރަށް ތައުރީފު ކުރައްވައި ކުރިޔަށް އޮތް މެޗްތަކުގައިވެސް އެކަން ފެނިގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ. އަދިހަމައެހެންމެ މިޙަފްލާގައި ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ޒުވާނުންނަށް އިސްނަގައިގެން ކުރިޔަށް ގެންދެވޭ މިފަދަ ހަރަކާތްތަކުގައި ފެނަކައިގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކުރިޔަށް އޮތްތާގައިވެސް މި ނަމޫނާ ފެނިގެންދާނެ ކަމަށް އުއްމީދުކުރާކަމަށެވެ.