ފ. އަތޮޅު ކައުންސިލް އިދާރާއިން ފ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފ. ވޮލީ މުބާރާތުގައި ފ. ނިލަންދޫ ކައުންސިލް އިދާރާ ތަމްސީލުކުރާ 02 ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ފެނަކަ ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން މެންދުރު ޚާއްޞަ ފަރިއްކޮޅެއް ދީފިއެވެ. މި ފަރިއްކޮޅު އޮތީ 2024 އޮގަސްޓު 15 ވީ ބުރާސްފަތި ދުވަހު މެންދުރު 11:50 ގައިފ.ނިލަންދޫކައުންސިލްގައެވެ. މިޙަފްލާގައި ޓީމުގެ ކުޅުންތެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ 02 ޓީމް ގެ ކުޅުންތެރިން ދައްކަމުންދާ ހިތްވަރަށް ތައުރީފު ކުރައްވައި ކުރިޔަށް އޮތް މެޗްތަކުގައިވެސްކުޅިނިލަންދޫފަޚުރުވެރިކޮށްދިނުމަށެވެ.

