“ މޯލްޑިވްސް ކްލީން އެންވަރމެންޓް “ މި ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެންވަރމެންޓް އެންޑް ކަލައިމެޓް ޗޭންޖްގެ ފަރާތުން ޒޯން 4،5 ގެ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރުމުގެ މަސައްކަތްތަކަށް، އެކަމާއި ގުޅޭ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް 2024 އޯގަސްޓު 27 ފެށިގެން 30 ގެ ނިޔަލަށް އިންޑިޔާގެ ނިއު ޑެއްލީގައިވަނީ ކުރިޔަށްގެންދެވިފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ނިލަންދޫ ކައުންސިލްގެ 02 ޑްރައިވަރުން ކަމުގައިވާ އަޙްމަދު މައުސޫމް އަދި އަލީ ޞަބާޙުއެވެ. މި ޕްރޮގްރާމުގެ ދަށުން ކުނިނައްތާލުމާއި، ކުނިވަކިކުރުމާއި އެހެން ރައްޔިތުން ހޭލުންތެރިކުރުން ފަދަ މުހިންމު ތަމްރީންތަކެއްވަނީ ދަސްވެފައެވެ. ހަމައެއާއެކު މަސައްކަތްތެރި، ޤާބިލް، ހުނަރުވެރި މުވައްޒަފުންތަކެއް އުފެއްދުމައްޓަކައި މިފަދަ ފުރުޞަތުތައް އެފަދަ މުވައްޒަފުންނަށް ހޯދައިދިނުމަކީ މިކައުންސިލުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރިޔަށްގެންދާ ކަމެއްކަން ފާހަގަކޮއްލަމެވެ.