ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ މުވައްޒަފުންގެ ތަޖުިރިބާ ދަތުރެއްގައި 2024 އޮކްޓޫބަރު 03 ގައި ނިލަންދޫއަށް ވަޑައިގެންފިއެވެ. މިދަތުރުގައި ނިލަންދޫ ކައުންސިލުން ދެމުންގެންދާ އާއްމު ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯދުމާއި، ނިލަންދޫގައި ހިނގަމުންގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދުމުގެ އިތުރުން ނިލަންދޫގެ މުހިންމު ތަންތަން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މީގެ އިތުރުން ދެކައުންސިލްގެ މަޢުލޫމާތު ބަދަލުކުރުމުގެ ގޮތުން ރޭގަނޑު 20:30 ގައި ގޮމަވަތީގައި ބައްދަލުވުމެއް ވަނީ ބާއްވާފައިވެއެވެ. 12 ބޭފުޅުންގެ މައްޗަށް އެކުލެވޭ ގޮތަށް ނިލަންދޫގައަށް ކުރި މި ދަތުރުގެ އިސްބޭފުޅެއްގެ ގޮތުން ވަޑައިގެންނެވީ ފެލިދޫ ކައުންސިލްގެ ރައީސް ޙުސައިން ވިޝާމްއެވެ. ފެލިދޫ ކައުންސިލުން ނިލަންދޫއަށް ކުރި މިދަތުރުގައި ނިލަންދޫ ކައުންސިލްގެ ފަރާތުންވަނީ ހޫނު މަރުޙަބާއެއް ދަންނަވައި ރަގަޅު މެހުމާންދާރީއެއް ވެދެއްވާފައެވެ. އެގޮތުން ރޭގަނޑުގެ ފަރިއްކޮޅު ނިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވާފައިވާއިރު 2024 އޮކްޓޫބަރު 04 ވަނަ ދުވަހުގެ ހެނދުނު ސައިފޮދު ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ދެއްވާފައެވެ. މިދަތުރު ނިންމަވައި ފެލިދޫ ކައުންސިލްގެ ޓީމުން ނިލަންދޫން ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
