ފ.ނިލަންދޫ ކައުންސިލުން އިސްނަގައިގެން ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފ.އ.ތ.މ ގެ ޓީޗަރުން އަދި ހުރިހާ މުވައްޒަފުން ޝާމިލްވާގޮތަށް 2024 އޮކްޓޫބަރު 9 ވަނަ ދުވަހުގެ ރޭ ވަރަށް ޚާއްސަ ޙަފްލާއެއް ވަނީ ބާއްވައިފިއެވެ. މި ޙަފްލާގައި ކައުންސިލް މުވައްޒަފުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިންވެސް ބައިވެރިވެލައްވާފައިވެއެވެ.
ދިވެހި މުދައްރިސުން ނުވަތަ އެދުރުން އަދާކުރައްވާ ޚިދުމަތުގެ އަގު ވަޒަންކުރުމަކީ ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެން ޤައުމުތަކުގެ އެދުރުންނާއި ޚިލާފަށް ދިވެހި އެދުރުންނަކީ ހަފްތާގެ ހުރިހައި ދުވަހު، ދުވަހުގެ ހުރިހައި ވަގުތެއްހެން އުނގަންނައި ދިނުމުގެ ތަފާތު ކަންކަމުގައި ހޭދަކުރާ ބައަކަށްވުމަކީ ދިވެހި އެދުރުންގެ ޚިދުމަތުގެ އަގު އިތުރަށް ވަޒަންކުރަންޖެހޭނެ ކަމެކެވެ.
މި ހަފްޟާ ނިންމާލަމުން ކައުންސިލްގެ ނައިބް ރައީސް ޓީޗަރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަ ކޮށް ޓީޗަރުންނަކީ ރަނގަޅު މުޖުތަމައެއް ބިނާ ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރައްވާ ބައެއްކަން ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު ދަންނަވާފައިވެއެވެ.
