ފ. ނިލަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ފޮނުވާފައިވާ ރަބަރާއި ހިލަވެލި ފ. ނިލަންދޫ އިޖްތިމާޢީ މަރުކަޒަށް ޖަމާކުރުމުގެ މަސައްކަތް 2025 ޖަނަވަރީ 09 ގައި ފ. ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ކޮށްފިއެވެ. މިދުވަހު ކުރި މަސައްކަތުން 700 ބަސްތާ ރަބަރާއި ހިލަވެލި ވަނީ އިޖްތިމާޢީ މަރުކަޒަށް ޖަމާކޮށްފައެވެ. ނިލަންދޫ ފުޓްސަލް ދަނޑުގައި އަޅަން ބޭނުންވާ ޓަރފް 2025 ޖަނަވަރީ 02 ވަނަ ދުވަހުގައި ވަނީ އިޖްތިމާޢީ މަރުކަޒަށް ގެނެސްފައެވެ.