“ ލޯކަލް ކައުންސިލްތަކާއި އަދި ލޮކަލް ގަވާރމަންޓް އޮތޯރިޓީގެ ފަންނީ ޤާބިލްކަން ކުރިއަރުވައި ހުނަރު ތަރައްޤީކުރުމުގެ މަޤުސަދުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވޮލޮޕްމެންޓް އެންޑް ޕަންޗަޔާތީ ރާގް އާއި ގުޅިގެން 2025 ފެބްރުވަރީ 09 ފެށިގެން 24 ގެ ނިޔަލަށް އިންޑިޔާގެ ހައިދަރއާބާދުގައި ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެއް ގައި މިކައުންސިލްގެ ކައުންސިލް މެމްބަރ އަޙްމަދު ޝިޔާމް ބައިވެރި ވެއްޖެއެވެ.
މި ޕޮރޮގްރާމްގައި ، މުނިސިޕަލް ސާރވިސްއާއި ގުޅުންހުރި ކަންކަން ޙައްލުކުރުމުގައި ކަންކުރަންވީ ގޮތްތަކާއި، ސަރުކާރުގެ އިދާރާކަން ހެދހިދާނެ އުސޫލުތަކާއި ސްޓްރެޓެޖީސް ބައިވެރިންނަށް ކިޔާދިނުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތްތެރި، ޤާބިލް، ހުނަރުވެރި މުވައްޒަފުންތަކެއް އުފެއްދުމައްޓަކައި މިފަދަ ފުރުޞަތުތައް އެފަދަ މުވައްޒަފުންނަށް ހޯދައިދިނުމަކީ މިކައުންސިލުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރިޔަށްގެންދާ ކަމެއްކަން ފާހަގަކޮއްލަމެވެ