ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ޔޫ. އެން. ޑީ. ޕީ މޯލްޑްވިސް އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސް ގުޅިގެން ލާމަރިކަޒީ ނިޒާމު ހިންގުމުގައި ހުރި ދަތިތަކާއި، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ، ދުނިޔޭގެ އެހެން ގައުމުތަކުން މިނިޒާމާގުޅޭ ތަޖުރިބާ ހޯދައި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް، ލާމަރިކަޒީ ނިޒާމު ހަރުދަނާގޮތެއްގައި ހިންގަމުންދާ ޕިލިޕީންސްގައި ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި މި ކައުންސިލުން ބައިވެރިވެއްޖެއެވެ. މިޕްރޮގްރާމްގައި މިކައުންސިލް ތަމްސީލު ކޮށްދީފައިވަނީ ކައުންސިލް އެގްޒެކްޓިވް މުނީރާ އިބްރާހިމް އެވެ.
މި ޕޮރޮގްރާމްގައި ، ކައުންސިލްގެ ނިންމުންތަށް ނިންމުމުގައި ޕިލިޕީންސްގައި ގެންގުޅޭ އުޞޫލުތަކާއި، ކަންކަން ނިންމުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ގެންގުޅޭ ބެސްޓް ޕްރެކްޓިސްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޭއްވުނު ޕްރޮގްރާމެކެވެ. މި ތަމްރީނުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންނަށް އެ ދާއިރާއިން އިތުރު ހުނަރާއި ތަޖުރިބާ ލިބި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވުމަށް މުހިންމު ބިންގަލެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.