2025 ސެޕްޓެމްބަރ 20 ގައި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދުއަށް ކުރެއްވި ދަތުރު ފުޅުގައި ނިލަންދޫގެ ނަރުދަމާގެ ޙާލަތު ގޮސްފައިވާ މިންވަރު ވަޒަން ކޮށް ނިލަންދޫ ގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެ ލައްވާ 01 ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ނިލަންދޫގެ ނަރުދަމާ ނިޒާމް ޙާލަތު ރަގަޅުކުރުމެވެ. މިގޮތުން މުޅިން އާ ނަރުދަމާ ނިޒާމެއްގެ މަސައްކަތް MWSC އާއެކު ޢަމަލީ މަސައްކަތް 2025 ސެޕްޓެމްބަރ 21 ގައި ފައްޓަވައި ދެއްވި އެވެ. މިގޮތުން މި މަޝްރޫޢު ފައްޓަވައި ދެއްވީ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑޮކްޓަރ ޢަބުދުﷲ މުއްޠަލިބެވެ. އަރިހުގައި ވަޑައިގެންނެވީ MWSC ގެ މެނޭޖިންގ ޑިރެކްޓަރ ޢަބުދުލް މަތީނު މުޙައްމަދާއި، ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ފާތިމަތު ސަޢުދާގެ އިތުރުން ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ.
