ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ފ. ނިލަންދޫގައި ގާއިމުކުރާ އެއަރޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އަދި ހަމައެއާއެކު 2025 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ ރޭގައި ނިލަންދޫގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި، ނިލަންދޫގައި ތަރައްޤީ ކުރާ އެއާޕޯޓު ހެދުމުގެ މަސައްކަތްވަނީ އެމްއޭސީއެލްއާއި ހަވާލުކޮއްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮއްފައިވަނީ ފިނޭންސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ މޫސާ ޒަމީރު އަދި އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވަޢުދަކީ ވައިގެބަނދަރެއް ޤާއިމުކޮށްދެއްވުންކަން ފާހަގަކުރައްވައި، އެ މަސައްކަތުގެ އަދާހަމަ އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެއަރޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
