ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަހީދު ފ. ނިލަންދޫ ކައުންސިލާއި ބައްދަލުކުރުން

2025  ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ 10:45 ގައި ފ. އަތޮޅު ކޮމާންޑަރަކަށް އަލަށް ހަމަޖެހުނު އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަހީދު ފ. ނިލަންދޫ ކައުންސިލާއި ބައްދަލު ކުރެއްވުން ނިލަންދޫ ކައުންސިލް އިދާރާގައި ބޭއްވުނެވެ. މިބައްދަލު ކުރެއްވުމުގައި ޕޮލިސް ކޮމާންޑަރ ޝަހީދުގެ އިތުރުން ފ. އަތޮޅު ކޮމާންޑަރ އިންސްޕެކަޓަރ އޮފް ޕޮލިސް އަޙްމަދު ޔައުޤޫބު އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް  އަޙްމަދު ރަމީޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. ކައުންސިލް އިދާރާއިން މިބައްދަލުވުމުގައި ބައިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި، ނައިބުރައީސް އިބުރާހީމް މުޙައްމަދާއި ކައުންސިލް އަންހެން 02 މެމްބަރުން ކަމުގައިވާ ނަޝީދާ ޢަބުދުއް ރަހީމުއާއި ސަމީރާ އިބުރާހީމެވެ. އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ހައިތަމް، ކައުންސިލް އެގްޒެކްޓިވް މުނީރާ އިބުރާހީމް، އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ޢަލީ އަޙްމަދު، ޢަބުދުލް މުޢީދު ޢަބުދުއްރަޝީދު ބައިވެރިވެ ލެއްވިއެވެ.

މިބައްދަލުވުން ފައްޓަވައި ދެއްވަމުން އިނިސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔައޫޤޫބު ވިދާޅުވީ މިބައްދަލުވުމަކީ އަލަށް ހަމަޖެހުނު ކޮމާންޑަރ އަށް މަރުހަބާ ދެންނެވުމަށް ބޭއްވި ބައްދަލުވުމެއްކަމާއި، އަދި އެބޭފުޅާގެ ދައުރު ފުރިހަމަ ކުރުމަށް ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަލަށް ހަމަޖެހުން ކޮމާންޑަރަށްވެސް އެބޭފުޅާއަށް ދެއްވި ފަދައިން އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެދިލެއްވިއެވެ.

އަލަށް ހަމަޖެހުނު ޙުސައިން ޝަހީދުގެ ވާހަކަ ކުރިޔަށް ގެންދަވަމުން އޭނާގެ ޓާމް ފުރިހަމަ ކުރުމުގައި ބޮޑަށް މަސައްކަތް ކުރައްވާނީ ދާއިރާ ތަކުގެ ފުރިހަމަ ސަޕޯޓާއި އެކުގައި ކަމަށާއި އެގޮތުން ނިލަންދޫ ކައުންސިލަކީ އެބޭފުޅާގެ މަސައްކަތް ފުރިހަމަ ކުރުމަށް އެންމެ މުހިއްމު މުވައްސަސާ ކަމުގައި ދެންނެވިއެވެ.

ކައުންސިލް ގެ ރައީސް ގެ ވާހަ ކުރިޔަށް ގެންދަވަމުން އަލަށް ހަމަޖެހުނު ކޮމާންޑަރަށް މަރުހަބާ ދަންނަވައި ނިމިދިޔަ 02 އަހަރުގެ ޓާމް ފުރިހަމަ ކުރެއްވި އަތޮޅު ކޮމާންޑަރ އަޙްމަދު ޔަޢުޤޫބް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަގުވަޒަން ކުރުމުގެ ގޮތުން އަޙްމަދު ޔައުޤޫމަށް ހަދާނީ ފިލާ ހަވާލު ކުރެއްވިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016