5 އޮކްޓޯބަރ 2025ވަނަ ދުވަހު ފ.ނިލަންދޫ ގޮމަވަތި ހޯލުގައި ފާހަގަކުރި މި ހަރަކާތުގައި، ކައުންސިލްގެ ފަރާތުން ސުކޫލުގެ މުދައްރިސުންނަށާއި އެހެނިހެން މުވައްޒަފުންނަށް ކުޑަ ހަދިޔާއަކާއި އެއްކޮން މެންދުރުގު ފަރިއްކޮޅެއް ދީފައެވެ.
ޓީޗަރުންނާއި މުޙާތަބުކޮށް ކައުންސިލްގެ ރައީސް، ޢަލީ އަޙްމަދު، ވަނީ އެދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކޮށް އަދި އެބޭފުޅުންގެ ބުރަމަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ދުވަހެއްގައި ޓީޗަރުންގެ އަގުވަޒަންކޮށް، ޓީޗަރުންގެ މަސައްކަތްތައް ފާހަގަކުރުމުގައި ބައިވެރިވުމަކީ ކައުންސިލަށް ލިބޭ އުފަލެއްކަމުގައި ފާހަގަކޮށްފައެވެ.
ޓީޗަރުންނާއި މުޚާތަބުކޮށް ސްކޫލުގެ ޕްރިންސިޕަލް ޢަބުދުﷲ އަޙްމަދު ދެއްކިވާހަކަފުޅުގައި ޓީޗަރުންނަކީ ގައުމުގެ ޖީލު ބިނާ ކުރަމުން އަންނަ ފަރާތްތައް ކަމަށާއި، ދަރިވަރުން ދެކޭ ހުވަފެންތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެނީ ޓީޗަރުން ކަމަށް ފާހަގަ ކުރިވިއެވެ.
މުދައްރިސުންގެ ދުވަހަކީ ކޮންމެ އަހަރަކު އޮކްޓޯބަރ 5 ވަނަ ދުވަހެވެ. މިދުވަސް ނިލަންދޫ ކައުންސިލާއި އެހެނިހެން މުއައްސަސާތަކުން ކޮންމެ އަހަރެއްގައިވެސް ކުލަގަދަ ގޮތެއްގައި ފާހަގަ ކެރެއެވެ.
