ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

MAHS އިން ފ. އާސާރީ ސަރަޙައްދު ދިރާސާކުރުމާއި ގުޅޭ މަޢުލޫމާތު ކައުންސިލުގެ މުވައްޒަފުންނަށް ދިނުން

މިނިސްޓްރީ އޮފް ދިވެހި ލޭންގްއޭޖް ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުން މެރިޓައިމް އޭޝިއާ ހެރިޓޭޖް ސާވޭ (MAHS)އާއި ޙަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢުގެ ތެރެއިން ފ. ނިލަންދޫގެ އާސާރީ ސަރަޙައްދާއި އާސާރީ މިސްކިތާއި ގުޅޭ ތާރީޚުތަކާއި ގުޅޭ ދިރާސާ ކުރުމުގެ މަސައްކަތް ކުރުމަށް މިރަށަށް ވަޑައިގެންނެވި ޓީމުގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންދަވައިފިއެވެ. މިސެޝަނުގައި އެޓީމުގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކާއި ހޯދުންތަކައީ، ނިލަންދޫގައި ކުރާނެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާ ކުރައްވާފައި ވެއެވެ. މިމަޢުލޫމާތުތައް ދެއްވާފައިވަނީ (MAHS) ޓީމުގެ ފަރާތުން ޑައިރެކްޓަރ ޕްރޮފެސަރ އާރ. މައިކަލް ފީނާ އާއި މޯލްޑިވްސް ނެޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެޓިޓޭޖްގެ ޓީމު ލީޑަރ އިބްރާހީމް މުޖާހެވެ.

މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ (MAHS) އިން މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖެ، ސްރީލަންކާ، އިންޑޮނޭޝިއާ، ބްރޫނާއީ، އަދި ވިއެޓްނާމްގައި ހުރި ތާރީޚީ އަދި އާކިއޮލޮޖިކަލް ސައިޓުތައް ސަރވޭ މަސައްކަތްތަކުގެ ތެރެއިން ޑިޖިޓަލްކޮށް ރެކޯޑްކޮށް ބެލެހެއްޓުމަށެވެ. މިތަނުން، އޮންލައިން އަރކައިވްގެ ތެރެއިން ޑޭޓާބޭސް ރެކޯޑުތައް، 3D މޮޑެލްތައް، ފޮޓޯތައް، އިމާރާތްކުރުމުގެ ޕްލޭންތައް (އާކިޓެކްޗަރަލް ޕްލޭންސް)، އަނގަބަހުން ކިޔާދީފައިވާ ތާރީޚީ ވީޑިއޯތައް (އޯރަލް ހިސްޓްރީ ވީޑިއޯސް)، ޑިޖިޓަލައިޒްކުރެވިފައިވާ ލިޔުންތައް (މެނުސްކްރިޕްޓްސް)، އަދި އެހެނިހެން ވަސީލަތްތައް ބަލައި ހޯދަމުން ގެންދެއެވެ.

މެރިޓައިމް އޭޝިއާ ހެރިޓޭޖް ސާރވޭ (MAHS) އަކީ، އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްގައި ކުރިއަށްގެންދާ މޯލްޑިވްސް ހެރިޓޭޖް ސާރވޭ ޕައިލެޓް މަޝްރޫޢުގެ މައްޗަށް ބިނާކޮށް، ދެކުނު އޭޝިއާގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ތާރީޚީ އަދި ގަދީމީ ތަންތަން ޑިޖިޓަލީ ރެކޯޑުކުރުމުގެ މަސައްކަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، ސްރީލަންކާ، އިންޑޮނޭޝިއާ، ބުރުނާއީ އަދި ވިއެޓްނާމް ފަދަ ޤައުމުތަކުގައި އާ ސާރވޭ މަސައްކަތްތައް ހިންގަވަމުންދެއެވެ.
ސަތޭކަ ސުވާސަތީ އަހަރުތަކެއް ވަންދެން، ދެކުނު އޭޝިއާގެ ކަނޑުގެ ސަރަޙައްދުގެ މޫސުމީ ވިއްސާރަ ދައުރުތަކުގެ ސަބަބުން، މި ފުޅާ ކަނޑުތަކުގެ އެތެރޭގައި މީހުންނާއި، މުދާތަކާއި، ފިކުރުތައް ބަދަލުކުރުމަށް ފަސޭހަވެފައިވެއެވެ. މިކަމުގެ ސަބަބުން، ތަފާތު ބައިތަކެއްގެ މުއްސަންދި ސަޤާފީ މިޝްރީނެއް އުފެދިފައިވެއެވެ. ނަމަވެސް، މި މުއްސަންދި ތާރީޚާއި ގުޅިފައިވާ އެތައް މުހިންމު ތަންތަނާއި، ބިނާތަކާއި، އަދި ތަކެއްޗަށް ދުވަހުން ދުވަހަށް އަންނަނީ ކުއްލި ނުރައްކަލާ ކުރިމަތިވަމުންނެވެ. އެގޮތުން، ތިމާވެށީގެ ސަބަބުން ދިމާވާ ގުދުރަތީ ކާރިސާތަކުން ކަމަށްވާ، ތޫފާން، ސުނާމީ، ގޮނޑުދޮށް ހަލާކުވުން، ބިމުގެ ލެނބުން، އަދި ކަނޑުގެ ލެވެލް މަތިވުން ހިމެނެއެވެ. މީގެ އިތުރުން، އަވަސް އަދި ނާގާބިލު ތަރައްޤީއާއި ބިނާކުރުމުގެ ސަބަބުންނާއި، ބައެއް ފަހަރު ޤަސްތުގައި ކުރެވޭ ހަލާކުކުރުމުގެ އަމަލުތަކުގެ ސަބަބުންވެސް މި ތަންތަނަށް ނުރައްކާވާކަން ފާހަގަކުރެވެއެވެ.
މި ނުރައްކަލުގެ ހާލަތުގައިވާ ތަރިކަ ރައްކާތެރިކޮށް ޑޮކިއުމެންޓުކުރުމަށްޓަކައި، MAHS ގެ ފީލްޑް ޓީމުތަކުން ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރެއެވެ. މިގޮތުން، ޖީ.ޕީ.އެސް/އާރު.ޓީ.ކޭ (ރިއަލް-ޓައިމް ކައިނެޓިކް) މެޕިންގ، ޑިޖިޓަލް ފޮޓޯގްރަފީ، ވީޑިއޯ، ސީ.އޭ.ޑީ (ކޮމްޕިއުޓަރ އެއިޑެޑް ޑިޒައިން) ޑްރޯވިންގސް އަދި އައި.އައި.އައި.އެފް (އިންޓަރނޭޝަނަލް އިމޭޖް އިންޓަރއޮޕަރަބިލިޓީ ފްރޭމްވޯކް) ސްޓެންޑަރޑް މެނުސްކްރިޕްޓް ޑިޖިޓައިޒޭޝަން، މީގެ އިތުރުން ވައިގެ މަގުންނާއި ބިމުން ލައިޑަރ ބޭނުންކޮށްގެން، ތާރީޚުޢިލްމުވެރިންނަށާއި، ދިވެހި ރައްޔިތުންނަށާއި، އަދި ތަރިކަ މެނޭޖްމަންޓްގެ ކެނޑިޑޭޓުންނަށް ފައިދާކުރާނެ މުހިންމު ރެކޯޑުތައް އުފައްދައެވެ. މީގެ އިތުރުން، އެހެނިހެން ބައިވެރި މުއައްސަސާތަކާއި ފަރުދުންގެ ފަރާތުން ހިއްސާކުރެވޭ ޑޭޓާ ސެޓްތައްވެސް އެއްގޮތްކޮށް، މި މަޝްރޫޢުގެ ޑޭޓާބޭސް މެދުވެރިކޮށް އެއްކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. MAHS އިން އުފައްދާ ހުރިހާ ރެކޯޑުތަކާއި އެހެނިހެން ޑިޖިޓަލް ތަރިކަ މުދާ އޮންލައިންކޮށް މިތަނުން އާންމުންނަށް ފެންނަން ހުންނާނެއެވެ. އަދި މިތަކެތި ކިޔޯޓޯ ޔުނިވަރސިޓީ އާއި އޮކްސްފޯޑް ޔުނިވަރސިޓީގެ ލައިބްރަރީ ސިސްޓަމްތަކުގައި ދާއިމީކޮށް ރައްކާކުރެވިފައިވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016