ފެބްރުއަރީ 5 ވީ ބުރާސްފަތި ދުވަހުގެ ރޭ ގޮމަވަތީގައި ކުރިއަށް ދިޔަ މި ހަފްލާގައި މުބާރާތުގައި ވާދަކުރާ 15 ބައިވެރިނާއި ގޯލްޑަން ޓިކެޓު ހަވާކުރުމުގެ އިތުރުން މުބާރާތުގައި ފަނޑިޔާރުކަން ކުރަން ހަމަޖައްސާފައިވާ ފަރާތްތަކާއި، ބައިވަރިންނަށް ޓްރެއިންގްތައް ދިނުމަށް ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ފަރާތްތަކާއި، މުބާރާތް ހޯސްޓް ކުރަން ހަމަ ޖައްސާފައިވާ ފަރާތުގެ އިތުރުން މުބާރާތުގެ މީޑިޔާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަން ހަމަޖައްސާފައި ފަރާތާއިއެކު ކައުންސިލުންވަނީ އެއްބަސްވުންތަކުގައި ސޮއި ކުރުން ކުރިއަށް ގެންގޮއްސައެވެ.
މިއަހަރުގެ މުބާރާތުގެ ފަޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރަން ހަމެޖެހިފައިވާ ފަރާތްތަކަކީ
- މުޙައްމަދު އިސްމާޢީލް / ގްރީންހެވަން
- ޢަބްދުލްޤާދިރު މޫސާ / ބަހާރުގެ
- އިސްމާޢީލް ޢުމަރު / ހަނދުވަރީވިލާ އަދި
- ޢަބްދުއްލަތީފު މުޙައްމަދު/ މުޝްތަރީގެ
މިއަހަރުގެ މުބާރާތުގައި ބައިވެރިންނަށް ބޭނުންވާ ޓްރެއިންގ ދިނުމަށް ޓްރެއިނަރުގެން ގޮތުގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ފަރާތްތަކަކީ
- ޢަބްދުލްމަޖީދު މުޙައްމަދު / ފޭރުމާގެ
- ޢަބްދުﷲ އަޙްމަދު / ޖަވާހިރުމާގެ
- އާމިނަތު އިސްމާޢީލް / ފަތިސް
މިއަހަރުގެ މުބާރާތްވެސް ހޯސްޓްކޮށްދިނުމަށް ހަމަޖެހިފައިވަނީ މީގެ ކުރިން މުބާރާތްތައްވެސް ހޯސްޓްކޮށްދީފައިވައިވާ މި އިދާރާގެ ކުރީގެ ސެކެޓްރީ ޖެނެރަލް ފ. ނިލަންދޫ، އައްސޭރި ، އަޙްމަދު އަރީފުއެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފ. ނިލަންދޫ ހަވޭލި ސްޓޫޑިއޯއެވެ.
މިހަފްލާ ޝަރަފުވެރިކޮށްދެއްވީ ރެހެންދި ސުކޫލުގެ ޤުރުއާން ލީޑިންގ ޓީޗަރު ފ. ނިލަންދޫ ބިއްދޮށުގޭ ޞަފިއްޔާ އަޙްމަދެވެ.


