ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު ނަންބަރު 2010/7 ގެ 105 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަނަ އަހަރު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާއިން ހިންގި ޙަރަކާތްތަކުގެ ތަފްޞީލީ ރިޕޯޓާއި މާލީ ބަޔާން ރައްޔިންނާއި ހިއްސާކުރުމަށް ނިލަންދޫ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮއްސިއެވެ. ފެބްރުއަރީ 08 ވީ އާދީއްތަ ދުވަހުގެ ރޭ 08:30 ފ.އަތޮޅު ހޮސްޕިޓަލުގެ ހޯލުގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި 2025 ވަނަ އަހަރުގައި ކައުންސިލުން ހިންގާފައިވާ ހަރާކާތްތަކުގެ ރިޕޯޓް އަދި މާލީ ބަޔާން ހިއްސާކުރުމުގެ އިތުރުން ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުނަތަކާއި ސުވާލުތަށް ހިއްސާކުރުމަށް ރައްޔިތުންނަށްވަނީ ފުރުސަތުދީފައެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް ކައުންސިލްގެ ފަރާތުންވަނީ ޖަވާބުދާރީވެފައެވެ.
