ފ. ނިލަންދޫ ހުޅަނގު އުތުރުފަރާތުން މިފްކޯ އައިސްޕްލާންޓުގެ އުތުރުން މިހާރުން ބޭނުން މޫދަށް އެރުމަށް ބޭނުން ކުރަމުންފާ ސަރަހައްދުގެ ބަދަލުގައި މަސްމާރުކޭޓު ސަރަހައްދުގައި މޫދަށް އެރޭ ސަރަހައްދެއް ކައުންސިލްގެ ފަރާތުން ތައްޔާރުކޮށްފިއެވެ. މިބަދަލުގެނައީ ކުރިން މޫދަށް އެރެން ތައްޔާރުކޮށްފައި އޮތް ސަރަހައްދުގައި ސަރުންކާރުން ފ. ނިލަންދޫގައި ޤާއިމް ކުރުމަށް ނިންމާފައިވާ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ މަސައްކަތް ފެށުމާއި ގުޅިގެން އެ ސަރަހައްދު އެއްކޮށް ބަންދުކުރުމާއި ގުޅިގެންނެވެ.
ފ. ނިލަންދޫއަކީ އަބަދުވެސް ރާއްޖޭގެ އެކި ހިސާބުތަކުން ދިވެހި ބޭސް ކުރުމަށް ވަރަށް ގިނަ މީހުން އަންނަ ރަށެކެވެ. ބޭސްކުރުމަށް އަންނަ ފަރާތްތަކަށް އެމީހުންގެ ފަރުވާއަށް މޫދަށް އެރުމަށް ވަކިން ހާއްސަކޮށް ރަށުގެ ކުޑަކުދިންނަށާއި ދުވަސްވީ މީހުންނަށް ފަސޭހައިން މޫދަށް އެރެވޭނެ ސަލާމަތްތެރިކަން ސަރަހައްދެއް ބޭއްވުމަކީ ކައުންސިލުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭކަމެކެވެ.
