ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލްކޮށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ”ވަންގަވް“ (OneGov) ޕްލެޓްފޯމާ ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މި ކައުންސިލްގެ މުވައްޒަފުންނަށް ބާއްވައިފިއެވެ.
މި ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ތަމްރީނު ސެޝަނުގައި ކައުންސިލްގެ އެކި ދާއިރާތަކުން ޖުމްލަ 15 މުވައްޒަފުން ބައިވެރިވެ، މައުލޫމާތު އޮޅުންފިލުވާފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކި އެކި ޚިދުމަތްތައް، އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިގޮތުން، ވަންގަވް ޕްލެޓްފޯމް ބޭނުންކޮށްގެން ކައުންސިލްގެ ޚިދުމަތްތައް ބައްޓަންކުރާނެ ގޮތްތަކާއި، އެ ޚިދުމަތްތަކަށް އާންމު ރައްޔިތުން ކުރިމަތިލާނެ (އެޕްލައި ކުރާނެ) ގޮތުގެ ފުރިހަމަ މައުލޫމާތު މުވައްޒަފުންނަށް ވަނީ ދަސްކޮށްދީފައެވެ.
ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުންނާއި ސަރުކާރުގެ އޮފީސްތަކުން ދޭ ހުރިހާ ޚިދުމަތްތަކެއް އެއްކޮށް ޑިޖިޓަލްކޮށް، ވަންގަވް ޕްލެޓްފޯމް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
މި ހިދުމަތުން
، ކައުންސިލުންދޭ ޚިދުމަތްތައް އަވަސްވެ، ކަރުދާސް ބޭނުންކުރާ މިންވަރު މަދުވެ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ގޭގައި ތިބެގެން ޚިދުމަތްތަކަށް އެދުމުގެ މަގު ފަހިވެގެންދާނެއެވެ.
