ނަންބަރު(IUL)374-C/374/2026/47 :
އިޢުލާން
އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ކަރާ ހެއްދުމަށްޓަކައި ވަގުތީ ދަނޑު ބިން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިދަނޑުތައް ދޫކުރާނީ 2026 އޮކުޓޫބަރު 01 (އެކެއް) ވަނަ ދުވަހުން ފެށިގެން 2027 މާރިޗް 01 (އެކެއް) ވަނަ ދުވަހުގެ ނިޔަލަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ދަނޑުތައް ދޫކުރާ ސަރަހައްދުތަކަކީ :
- ވެލި ގޭ ކުރިމަތިން އަލަށް ދޫކުރި ގޯތިތަކުގެ ދެކުނަށް އޮތް ހުސްބިން
- ހުވަނދު ގޯތީގެ ކުރިމަތިން އަލަށް ދޫކުރި ގޯތިތަކުގެ ދެކުނަށް އޮތް ހުސްބިން
- އަލަށް އަޅާ ޕޮލިސް އިމާރާތުގެ އުތުރަށް އޮތް ހުސްބިން
- ތުނޑި އާއި ދިމާލު ހިއްކި ސަރަހައްދު
- އަތޮޅު ގޯތީގެ ހުޅަނގުން އޮތް ސަރަހައްދުން
ވީމާ މަތީގައި ދަންނަވާފައިވާ ބޭނުމަށް ދަނޑުބިން ބޭނުންވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 24 ވަނަދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުންވުން އެދެމެވެ. ދަނޑުބިން ދޫކުރުމުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމުގައިވެސް ދަންނަވަމެވެ.
25 ރަބީޢުލްއައްވަލު 1448
7 ސެޕްޓެންބަރު 2026
ޢަލީ އަޙްމަދު
ފ.ނިލަންދޫ ކައުންސިލްގެ ރައީސް