ނަންބަރު: (IUL)374-C/374/2025/9
އިޢުލާން
ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދުތަކުގެ ލައިސަންސް ފީ ކައުންސިލް އިދާރާ މެދުވެރިކޮށް ފޮނުވުމާގުޅޭ
ޤަވާޢިދު ނަންބަރު: 2022/R-220 ކަނޑުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާގުޅޭ ޤަވާޢިދަށް 2022 ނޮވެންބަރު 30 ގައި ގެނެސްފައިވާ ފުރަތަމަ އިޞްލާޙްގައި ލައިސަންސް ފީތައް ވަނީ ކުޑަކޮށް، ފީ ދެއްކުމުގެ އުޞޫލަށްވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގެނެސްފައިވާ އިޞްލާޙްތަކާބެހޭ މަޢުލޫމާތު ތިރީގައި ދަންނަވާފައި އެވަނީއެވެ.
| # | ލައިސަންސް/ގިންތި | ލައިސަންސްގެ މުއްދަތު | ލައިސަންސް ފީ (ރުފިޔާ) | ||
| 15 މީޓަރަށް ވުރެ ކުދި އުޅަނދުފަހަރު | 15 މީޓަރުން ފެށިގެން 20 މީޓަރާ ހަމައަށް | 20 މީޓަރުން ފެށީގެން ބޮޑެތި އުޅަނދުފަހަރު | |||
| 1 | ހަމައެކަނި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނުފަހަރު | 12 މަސްދުވަސް | -/500 | 1000/- | 1500/- |
| 2 | ހަމައެކަނި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު | 12 މަސްދުވަސް | -/500 | 1000/- | 1500/- |
| 3 | ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ބޮޑުކަންނެލީގެ އަނުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު | 12 މަސްދުވަސް | -/500 | 1000/- | 1800/- |
| 4 | އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު | 12 މަސްދުވަސް | 250/- | 250/- | -/500 |
| 5 | ހަމައެކަނި ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު (ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު ހިމެނޭހެން) | 12 މަސްދުވަސް | 250/- | 250/- | -/500 |
ވީމާ، މަސްވެރިކަން ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމްތައް މިއިދާރާ މެދުވެރިކޮށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސްއަށް ފޮނުވާއިރު އިސްވެ ދެންނެވި ޤަވާޢިދުގެ ފުރަތަމަ އިޞްލާޙާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ ”ބަނޑޭރި ޕޭ“ މެދުވެރިކޮށް އުޅަނދުފަހަރުގެ ލައިސަންސް ފީ ދެއްކުމަށްފަހު، ފައިސާ ދެއްކިކަމުގެ ރަސީދު މިކައުންސިލަށް ފޮނުވުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 ޝަޢުބާން 1446
02 ފެބްރުވަރީ 2025