ދިވެހިރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންދަވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިގޮތުން ބިދޭސީން ބޭނުންކޮށްގެން ވިޔަފާރި ނުކުރެވޭނެ 25 ދާއިރާއެއް ކަނޑައަޅާ،2024 ޖުލައި 04 ވަނަދުވަހު ވަނީ އިޢުލާނުކޮށްފައެވެ.
ވީމާ، ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، މި ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ބިދޭސީން ބޭނުންކޮށްގެން ޤަވާއިދާ ޚިލާފަށް ބަޔާންކުރެފައިވާ ދާއިރާތަކުން އެއްވެސް ވިޔަފާރިއެއް ނުކުރެއްވުމަށް އަންގަވަމެވެ. އަދި އެއްވެސް ބިދޭސީއަކު އެފަދަ ވިޔަފާރިއެއް ކުރާނަމަ ލަސްނުކޮށް މިއިދާރާއަށް އަންގާވާދެއްވުން އެދެމެވެ. މިއިޢުލާނާއެކު، މިނިސްޓްރީއިން އާންމުކުރައްވައިފައިވާ ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރިކުރުން މަނާ ދާއިރާތަށް އެނގިވަޑައިގަންނަވާނޭ ލިސްޓް އެކުކުރެވިފައިވާނެއެވެ.