ނަންބަރު: (IUL)374-C/374/2026/30
އިޢުލާން
ނިލަންދޫގެ ބިނާވެށި ޕްލޭނަށް ބަދަލު ގެނައުމާގުޅޭ:
ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ފާސްކޮށްދީފައިވާ ނިލަންދޫގެ ބިނާވެށީގެ ޕްލޭނަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވާތީ، ގެންނަން ބޭނުންވާ ބަދަލުތަކާގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް 2026 ޖުލައި 27 ވާ ހޯމަދުވަހުގެ ރޭ 08:30 ގައި ގޮމަވަތި ހޯލުގައި އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމަށް ވަޑައިގެން ދެއްވުންއެދި ނިލަންދޫގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
05 ޞަފަރު 1448
19 ޖުލައި 2026