ޤާނޫނު ނަންބަރު: 07/2010 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގައިވާ ގޮތުގެ މަތިން އެރަށެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު ބެލެހެއްޓުމަކީ، އެރަށެއް ހިމެނޭ ރަށުކައުންސިލްގެ މައްޗަށް މަތިކޮށްފައިވާ ކަމެއްކަމުގައިވާތީއާއި އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން އެއްދަފްތެއްގައި ހިމެނުމަށްޓަކައި ދާޚިލީ ސަލާމަތާ މަސައްކަތްތެރިކަމާ ފަންނިއްޔާތާބެހޭ ވުޒާރާއިން ކުރިއަށްގެންދާ “ އޮޕްރޭޝަން ކުރަނގި“ ގެ ދަށުން ފ. ނިލަންދޫގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އަދާ ހަމަކުރަން ބޭނުންވެއެވެ. މިދަފްތަރުގައި ބިދޭސީ މަސައްކަތްތެރިން ރަޖިސްޓްރީކުރުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 01:30 އަށެވެ.
ވުމާއެކު، ފ. ނިލަންދޫގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން އެފަރާތެއްގެ ވޯކް ޕަރމިޓް، ޕާސްޕޯޓް ނުވަތަ އެނޫންވެސް ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ލިޔުންތަކާއެކު މިއިދާރާއަށް ފޮނުއްވައި ދެއްވުމަށް ދަންނަވަމެވެ. އަދި ނާރެސް ޕޯޓަލްއަށް އަދާ ހަމަކުރަންޖެހޭ މަޢުލޫމާތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރީންނަށް ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތުވެސް ހިމެނޭތީ، އެފަދަ މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތެއް ބިދޭސީ މަސައްކަތްތެރީންނާއެކު އިދާރާއަށް ޙާޟިރުވުމަށް ދަންނަވަމެވެ. މިކަމުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުންނާއި އަދި ނިލަންދޫގެ ލޮބުވެތި ރައްޔިތުންގެ އެއްބާރުލުން މިކައުންސިލަށް ދެއްވުމަށް އިލްތިމާސް ކުރަމެވެ.
01 ޛުލްޙިއްޖާ 1447
18 މޭ 2026