ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދުތަކުގެ ލައިސަންސް ފީ ކައުންސިލް އިދާރާ މެދުވެރިކޮށް ފޮނުވުމާގުޅޭ

ނަންބަރު: (IUL)374-C/374/2025/9

 

 

އިޢުލާން

ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދުތަކުގެ ލައިސަންސް ފީ ކައުންސިލް އިދާރާ މެދުވެރިކޮށް ފޮނުވުމާގުޅޭ

ޤަވާޢިދު ނަންބަރު: 2022/R-220 ކަނޑުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާގުޅޭ ޤަވާޢިދަށް 2022 ނޮވެންބަރު 30 ގައި ގެނެސްފައިވާ ފުރަތަމަ އިޞްލާޙްގައި ލައިސަންސް ފީތައް ވަނީ ކުޑަކޮށް، ފީ ދެއްކުމުގެ އުޞޫލަށްވަނީ ބަދަލުތަކެއް ގެނެސްފައެވެ.  އެގޮތުން ގެނެސްފައިވާ އިޞްލާޙްތަކާބެހޭ މަޢުލޫމާތު ތިރީގައި ދަންނަވާފައި އެވަނީއެވެ.

#ލައިސަންސް/ގިންތިލައިސަންސްގެ މުއްދަތުލައިސަންސް ފީ (ރުފިޔާ)
15 މީޓަރަށް ވުރެ ކުދި އުޅަނދުފަހަރު15 މީޓަރުން ފެށިގެން 20 މީޓަރާ ހަމައަށް20 މީޓަރުން ފެށީގެން ބޮޑެތި އުޅަނދުފަހަރު
1ހަމައެކަނި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނުފަހަރު12 މަސްދުވަސް-/5001000/-1500/-
2ހަމައެކަނި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު12 މަސްދުވަސް-/5001000/-1500/-
3ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ބޮޑުކަންނެލީގެ އަނުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު12 މަސްދުވަސް-/5001000/-1800/-
4އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު12 މަސްދުވަސް250/-250/--/500
5ހަމައެކަނި ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ކަނޑުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު (ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު ހިމެނޭހެން)12 މަސްދުވަސް250/-250/--/500

 

ވީމާ، މަސްވެރިކަން ކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމްތައް މިއިދާރާ މެދުވެރިކޮށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސްއަށް ފޮނުވާއިރު އިސްވެ ދެންނެވި ޤަވާޢިދުގެ ފުރަތަމަ އިޞްލާޙާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ ”ބަނޑޭރި ޕޭ“ މެދުވެރިކޮށް އުޅަނދުފަހަރުގެ ލައިސަންސް ފީ ދެއްކުމަށްފަހު، ފައިސާ ދެއްކިކަމުގެ ރަސީދު މިކައުންސިލަށް ފޮނުވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން  ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

03 ޝަޢުބާން 1446

02 ފެބްރުވަރީ 2025

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016