ނަންބަރު: (IUL)374-C/374/2025/39
އިޢުލާން
މަގުމަތީގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި، ގަސްތަކުގެ އޮފިތައް ކޮށުމާބެހޭ:
މިހިނގާ 1446 ވަނައަހަރު އަޟްޙާ ޢީދަށް ރަށުތެރެ ޒީނަތްތެރިކޮށް ސާފުކޮށް ބޭއްވުމަށް ބޭނުންވާތީ، އަމިއްލަ ފަރުދުންގެ ގޯތިތަކާއި ސަރުކާރުގެ އިދާރާތަކާއި ކުލަބު ޖަމްއިއްޔާ ޖަމާޢަތްތައް ހިންގާ ބިންތަކުގައި ހައްދާފައިވާ ގަސްތަކުން މަގުތަކަށް ނުކުމެފައިވާ ގަސްގަހުގެ އޮފިތަކާއި ރުއްތަކުގެ ފަންތަކުގެ ތެރެއިން 15 ފޫޓަށްވުރެ ތިރިކޮށްހުރި އޮފިތަކާއި ފަންތައް ކެނޑުމަށާއި، ރަށުގެ އާއްމު މަގުތަކުގައި މިކައުންސިލްގެ ހުއްދަނެތި ބަހައްޓާފައިވާ ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރާ އެކިއެކި ސާމާނުތަކާއި އަދި އެހެނިހެން ބާވަތް ބާވަތުގެ ތަކެތި 2025 ޖޫން 04 ވަނަ ދުވަހުގެ ހަވީރު 06:00 ގެ ކުރިން ނެގުމަށް އިލްތިމާސްކުރަމެވެ.
05 ޛުލްޙިއްޖާ 1446
01 ޖޫން 2025
ޢަލީ އަޙްމަދު
ފ. ނިލަންދޫ ކައުންސިލްގެ ރައީސް