ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ނިލަންދޫގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންގެ ދަފްތަރު އެކުލަވާލައި ނާރެސް ޕޯޓަލްއަށް އަދާހަމަކުރުމާގުޅޭ.

 

ޤާނޫނު ނަންބަރު: 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގައިވާ ގޮތުގެމަތީން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން އެއް ދަފްތަރެއްގައި ރަޖިސްޓްރީ ކުރުމަށްޓަކައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން ފ. ނިލަންދޫގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ. މި ދަފްތަރުގައި ބިދޭސީ މަސައްކަތްތެރިން ރަޖިސްޓްރީކުރުން އޮންނާނީ 2024 ނޮވެންބަރު 19 އިން 30 އަށް ތިރީގައި ދަންނަވާފައިވާ ގަޑިތަކުގައި ފ. ނިލަންދޫ ކައުންސިލް އިދާރާގައެވެ.

– ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ހެނދުނު 10:00 ން 13:00 އަށް.

– ހުކުރު ދުވަހު މެންދުރުފަހު 14:15 ން 16:00 އަށް

– ހޮނިހިރު ދުވަހު ހެނދުނު 09:00 ން 14:00 އަށް

ވުމާއެކު ފ. ނިލަންދޫގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގަޑިއަށް އެފަރާތްތަކުގެ ވޯރކް ޕާރމިޓް، ޕާސްޕޯރޓް ނުވަތަ އެނޫންވެސް ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ލިޔުންތަކާއެކު ބިދޭސީން މިއިދާރާއަށް ފޮނުވައި ދެއްވުމަށާ އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް ސިސްޓަމަށް މަޢުލޫމާތު އަދާހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އެފަދަ ފަރާތްތައްވެސް މިއިދާރާއަށް ފޮނުވައިދެއްވުން އެދެމެވެ. އަދި ނާރެސް ޕޯޓަލްއަށް އަދާހަމަކުރަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރީންނަށް ވަޒީފާދޭ ފަރާތުގެ މަޢުލޫމާތުވެސް ހިމެނޭތީ، އެފަދަ މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތެއް ބިދޭސީންނާއެކު ޙާޟިރުވުމަށް ދަންނަވަމެވެ. މިކަމުގައި ބިދޭސީން ގެންގުޅުއްވާ އެންމެހައި ފަރާތްތަކާއި އަދި ފ. ނިލަންދޫގެ ރައްޔިތުންގެ އެއްބާރުލުން މިކައުންސިލަށް ދެއްވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން  ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖުމާދަލް އޫލާ 1446

17  ނޮވެންބަރު 2024

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016