ނަންބަރު: (IUL)374-C/374/2026/31
އިޢުލާން
ފ.ނިލަންދޫ މުންބަރު މަގާއި ކިޔެވެލިގެ މަގާއި ދެމެދު، ބޮޑުތަކުރުފާނު މަގު (ވަށައިމަގު)ގެ ދެކުނުން އޮތް ހޭޅީގައި ހުރި އެކި ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ސާފުކުރުމަށް އެދި 2026 ޖުލައި 05 ވަނަ ދުވަހު ކޮށްފައިވާ މިއިދާރާގެ ނަންބަރު : (IUL)374-C/374/2026/25 އިޢުލާންގައި އާންމުކޮށްފައިވާނެއެވެ. އެހެންނަމަވެސް އިޢުލާންގެ މުއްދަތު ހަމަވިއިރުވެސް އެ ސަރަޙައްދުގައި ހުރި ބައެއް ރުއްގަހުގެ މަޢުލޫމާތު ކައުންސިލަށް ލިބިފައިނުވެއެވެ.
ވީމާ، މަތީގައި ދަންނަވާފައިވާ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް، ގަހެއް ހުރިނަމަ އެތަކެތީގައި ޖަހާފައިވާ ނަންބަރާއި އަދި އެއީ ކޮންފަރާތެއްގެ އެއްޗެއްކަން އެނގޭނޭ ގޮތަށް 2026 ޖުލައި 29 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި މަޢުލޫމާތު ލިބިފައިނުވާ ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް މިކައުންސިލުން ކުރިޔަށް ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.
06 ޞަފަރު 1448
20 ޖުލައި 2026